ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން ދިވެހިންނަށް އިހުސާސްކޮށްދިން ގދ. ތިނަދޫން މަޝްހޫރު ލަވަކިޔުންތެރިޔާ، ގދ ތިނަދޫ/ ސްޓާލިން މަރިޔަމްދީދީ ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

''ފެންމީރުވި ރީތި ރަށޭ މީ, ރޫހުވަނީ ތިނަދޫގައޭ'' ފަދަ ލަވަތައް ކިޔައިގެން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި މަރިޔަމް ދީދީ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ހާޓުއެޓޭކެއް ވެއްޓިފައި އޮއްވައިި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އުމުރުން 73 އަހަރުވީއިރުވެސް އަޑަށް ބަދަލެއް އައިސްފައި ނުވާ މަރިޔަމް ދީދީ އަކީ ތިނަދޫ އެދަރިއަކަށް ފަޚުުވެރިވާ ލަވަކިޔުންތެރިއެކެވެ. ތިނަދޫއަށް އެކި ބޭނުންތަކުގައިދާ ވަރަށް ގިނަ ބަޔަކު މަރިޔަަމް ދީދީއާ ބައްދަލު ކުރެއެވެ. ލޯފަން ނަމަވެސް މަަރިޔަމް ދީދީ ލަވަ ވިދާޅުވާލެއް ފުރިހަމަ ކަމުން ވަރަށް ގިނަ ޕްރަގްރާމްތަކާއި ޕްރޮފައިލްތައް ނޫސްތަކާއި ޓީވީ / ރޭޑިއޯ އިން ގެނެސްދީފައިވެއެވެ.

ހާއްސަކޮށް މަރިޔަމްދީދީގެ "ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން" މިއީ ހިތްތަކުގެ އެންމެ ހިމަ ނާރާ ކުޅެލާ ފަދަ އަސަރުގަަދަ ލަވައެކެވެ. ދިވެހިންގެ ތެރޭގައި ހާއްސަކަމެއް ދެވިފައިވާ ލަވައެކެވެ. އެތައް ބަޔަކަށް ލޯފަން ކުދިންގެ ހާލަތު ބުނެދޭ ލަވައެކެވެ.

ސިޔާސީ ބޭފުޅުން ތިނަަދޫއަށް ވަޑައިގަންނަވާ ދުވަސްދުވަހުގައި މަރިޔަމް ދީދީއަށް ޒިޔާރަތް ކުރައްވާ ލަވަ ވިދާޅުވާން އެދިވަޑައިގަތުމުން އެކަން ކޮށްދެއްވައެވެ.