ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ތިން ސަތޭކަ އަށްވުރެ ގިނަ ސޮކްލަރޝިޕް ދީފިއެވެ. މިއީ އެގައުމުގައި މަތީތައުލީމް ހާސިލް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދެއްވި ފުރުސަތުތަކެކެވެ.

މިފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީންވަނީ އިއުލާން ކޮށްފައެވެ.

ސައުދީ އަރަބިއާއިން ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލާފައިވާ ދާއިރާތަކަކީ:

  • ކޮމްޕިއުޓަރ ސައިންސް
  • އެގްރިކަލްޗަރ
  • އެޑިއުކޭޝަނަލް ސްޕެޝަލިޓީ
  • އިސްލާމިކް އަރަބި ލެންގްއޭޖް
  • ބިޒްނަސް މެނޭޖްމަންޓް
  • އިކޮނޮމީ
  • އިންޖިނިއަރިންގ
  • މީޑިއާ
  • އަދި ލޯ އެންޑް ޕޮލިޓިކްސްއެވެ.

މިސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ސައުދީ އަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅަންވީގޮތާއި، އެޕްލިކޭޝަން ލިންކް، އަދި ކޯސްތަކާބެހޭ މައުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ ޖަޕާނު ސަރުކާރުން ދޭ، ޖަޕަނީޒް ގްރޭންޓް އެއިޑް، ޖޭ.ޑީ.އެސްއިން ރާއްޖެއަށް ދޭ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި އަހަރުގެ ޑިސެމްބަރު 3 އެވެ. ޖަޕާން ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް މީގެ ކުރިން 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެއެވެ.