ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ވެއާހައުސް ސޭލް ފަށައިފިއެވެ. މި ސޭލް ފަށާފައި މިވަނީ ބޭނުންތެރި، އެތަކެއް މުހިންމު ތަކެތި ވަރަށް ބޮޑުތަނުން އަގު ހެޔޮކޮށްފައެވެ.

މި ސޭލް ކުރިއަށް ދަނީ އެސްޓީއޯ ހޯލް ސެންޓަރުގައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ސޭލް ގައި ކާބޯތަކެތީގެ އިތުރުން ގޭތެރޭގައި ބޭނުން ކުރެވޭ ވަރަށް ގިނަ ބާވަތްތައްވެސް ހިމެނެއެވެ.

މި މަހު 15 އާހަމައަށް ކުރިއަށްދާ މިސޭލް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުުވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. 60 ވަނަ އަހަރާ ހަމައަށް ދިއުމަށް 59 ވަނަ އަހަރު ގުނަމުންދާ އެސްޓީއޯގެ އަމާޒަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމެވެ.

ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލި ދިވެހިންނަށް ލިބެމުންދިޔަ ތަކުލީފުތަކުން ދުރުކޮށްދިން ރައްޔިތުންގެ އެކުވެރިޔާ އެސްޓީއޯއަކީ މިއަދު ކާބޯތަކެތިން ފެށިގެން ގެއާއި ބަދިގޭގެ ސާމާނުތަކާއި އިލެކްޓްރޯނިކް ސާމާނުތަކުގެ އިތުރުން ކޮސްމެޓިކްސްގެ ބާވަތްތަކާއި އެންމެ ހާއްސަކޮށް ތެލުގެ ވިޔަފާރީގައިވެސް ކުރިއަރާފައިވާ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭތީ އިތުރުވި ޝަކުވާތަކާއިއެކު، މިދަތިކަމަށް ހައްލެއް ގެނައުމަށް އުފެއްދި ކުންފުންޏެކެވެ.