މީގެ ތިން ދުވަސް ކުރިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި ފަލަސްތީނުން މިހާތަނަށް 1،600 މީހުން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުން ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ޔަހޫދީ އިޒްރޭލުގެ ސިފައިން ތަނެއް ދޮރެއް ބެލުމެއް ނެތި ޣައްޒާގެ އާންމުން ދިރިއުޅޭ ތަންތަނަށް ބޮންއެޅުމުގެ ސަބަބުން ޝަހީދުވި އާންމުންނެވެ. މީގެ ތެރޭގައި އެއްއާއިލާއަކުން 14 މީހުން ވަނީ ޝަހީދުވެފައެވެ..

ހަމާސް ޖަމާއަތުން ދެމުން އަންނަ ހަމަލާތަކުގައި ސަހްޔޫނީ ދައުލަތުގެ 900 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަނެއް ދޮރެއް ބެލުމެއް ނެތި ޔަހޫދީ ސިފައިން ހަމަލާ ދެމުން އަންނާތީ، ހަމާސް ޖަމާއަތުން ރޭ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ހަމާސް ޖަމާއަތުން ބުނީ އިންޒާރު ދިނުމެއް ނެއްތި އާންމުން ދިރިއުޅޭ ތަންތަނަށް އިޒްރޭލުން ހަމަލާދޭނަމަ، އެޖަމާއަތުން ހޮސްޓޭޖުން ގޮތުގައި ހައްޔަރު ކޮށްފައިވާ އިޒްރޭލު މީހުން މަރަމުން ގެންދާނެ ކަމަށެވެ.