ހައްދު ފަހަނައަަޅާފައިވާ އިޒްރޭލު ސިފައިން ޣައްޒާއަށް މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 830 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަ ކުރައްވައިފިއެވެ.

ސަހްޔޫނީ ދައުލަތުގެ ހަމަލާތަކުގައި މިޔަށްވުރެ އިތުރުވުމަކީ ވަރަށް ގާތް ކަމެއް ކަމަށްވެސް ފަލަސްތީނުގެ ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަކުރައްވަައެވެ. މިހަމަލާތަކުގައި 4،250 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ޣައްޒާއިން 137،000 މީހުން އދ.އިން ޤާއިމް ކޮށްފައިވާ ރައްކާތެރި މަރުކަޒުތަކަށް ބަދަލު ކޮށްފައިވާ ކަމަށްވެސް ފަލަސްތީނުގެ ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަ ކުރައްވައެވެ.

ސަހްޔޫނީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫ އަމުރަށް އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގެންދަނީ ފަލަސްތީނުގެ އާންމުން ދިރިއުޅޭ ގެތަކަށާއި ރެސްޓޯރެންޓް އަދި ސްކޫލް ތަކާއި މިސްކިތްތަކަށް ހަމަލާ ދެމުންނެވެ.

އިޒްރޭލުގެ ޚަބަރުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް ވަނީ އަރާފައެވެ.