ސަހްޔޫނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަގައި ނުރައްކާތެރިކަން އިންތިހާއަށް ހިމެނޭ ވައިޓް ފޮސްފަރަސް ބޮން ރޭ ބޭނުން ކޮށްފިކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވައިޓް ފޮސްފަރަސް ބޮން ބޭނުން ކޮށްފައިވަނީ ޣައްޒާގެ ކަރަމާ ސަރަހައްދުގައި ކަމަށެވެ. މިއީ އދ. އިން 1980 ވަނަ އަހަރުން ފެށިގެން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާ ހަތިޔާރެކެވެ.

ޣައްޒާއިން އިންސާނީ ޒަރޫރީ ހުރިހާ ވަސީލަތްތައް ކަނޑާލުމަށްފަހު އިޒްރޭލުގެ ހައްދުފަހަނައެޅި ސަރުކާރުން ގެންދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. މިހަމަލާތަކުގައި ފަލަސްތީނުގެ 900 އަށްވުރެ މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 140 ކުޑަ ކުދިން ހިމެނެއެވެ.