އަހަރުތަކެއް ކުރިން މަޝްހޫރުވެގެން ދިޔަ ލަވަ "ތުޖެ ޔާދްނަ މޭރީ އާއޭ ކިސީސެ އަބް ކިޔާ ކެހެނާ" މިލަވައަށް 25 އަހަރުފުރޭތީ ލަވައިގެ ރީމޭކެއް ހަދަމުންދާކަމަށް ފިލްމުގެ ޑައިރެކްޓަރ ބުނެފިއެވެ.

މަޝްހޫރު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ "ތުޒޭ ޔާދު ނާ މޭރީ އާއީ" ލަވައިގެ ރިމޭކެއް ރެކޯޑްކޮށްފައިވާ ކަމަށް ބުނެފައެވެ. ސޮނީ މިއުޒިކް އިންޑިއާއިން މެލަންކޮލިކް ނަންބަރު ރިކްރިއޭޓް ކޮށް، ބީ ޕްރާކް ވަނީ މި ލަވަ ކިޔަން ތައްޔާރުވެފައެވެ.

އޮރިޖިނަލް ލަވަ "ތުޒޭ ޔާދް ނާ މޭރީ އާއީ" ކިޔާފައި ވަނީ އަލްކާ ޔަގްނިކް، މަންޕްރީތު އަޚްތަރު އަދި އުދިތު ނާރަޔަން އެވެ.

ކުޗް ކުޗް ހޯތާ ހޭގެ ލަވަތައް ހަދާފައި ވަނީ ޖަޓިން-ލަލިތު ކަމަށާއި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ސަމީރެވެ. މި ހުރިހާ ލަވަތަކެއް ވެސް 1998 ވަނަ އަހަރުޗާޓުގެ އެންމެ ކުރީގައި ވާދަކުރިއެވެ. މުޅި އަލްބަމްގައި ހިމެނޭ ހަމައެކަނި ހިތާމަވެރި ލަވައަކީ "ތުޒޭ ޔާދު ނާ މޭރީ އާއީ" އެވެ.

ޝާހްރުކް ޚާން، ރާނީ މުކަރްޖީ އަދި ކާޖޮލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު 25 އަހަރު ފުރޭނެ އެވެ.

މި ފިލްމަށް ގިނަ އެވޯޑްތަކެއް ލިބިފައިވާއިރު ބެލުންތެރިންނާއި ކްރިޓިކްސްގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

ސަލްމާން ޚާން، އަނޫޕަމް ކޭރް، ޖޯނީ ލީވާ އަދި އަރްޗަނާ ޕޫރަން ސިންގް ވެސް މި ފިލްމުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވެއެވެ.