ރޭގެ ވަގުތެއްގައި މާލޭގައި ހުރި "ދިވެހި ބޭސް ކްލިނިކް" އިން ތިން މީހަކު ހަށިވިއްކުމުގެ ތުހުމަތުގައި ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ އަނެހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

މިތިން މީހުން ހައްޔަރު ކޮށްފައިވަނީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. މި އޮޕަރޭޝަން އަކީ އެންޓި ހިއުމަން ޓްރެފިކިންގް ޑިޕާރޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓެލިންޖެންސް އިން ގުޅިގެން ހިންގި އޮޕަރޭޝަަންއެކެވެ.

ފުލުުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.