ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ކ. އއ. އދ. ނުވަތަ ވ. އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.