އިޒުރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ސައުދީއަރަބިއްޔާގެ ފޮރެއިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އދ ސެކިއުރެޓީ ކައުންސިލުގައި އެދިވަޑައިގެންފިއެވެ.
މިއީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ރަހުމްކުޑަ ލާއިންސާނީ އަމަލުތައް ހުއްޓުވައި ދިނުމުގެ ގޮތުން އެދިވަޑައިގެންނެވި އެދިވވަޑައިގަތުމެކެވެ. ޔަހޫދީ ދައުލަތުން ޣައްޒާގެ ރަަައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ނުރައްކާތެރި ރަހުމްކުޑަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި ދުނިޔޭގެ ސުލްހަ ދެމެހެއްޓުމަށްޓަކައި ވެސް ޔަހޫދީ ދައުލަތާދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ. މިއީ އދ. ގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިިދާޅުވިއެވެ.
އިޒްރޭލުން ދަނީ ޣައްޒާގައި ތިބި މުސްލިމުން މަރަމުން ކަަތިލަމުންނެވެ. އޭގެ އިތުރަށް ފެނާއި ކަރަންުޓުގެ އަސާސީ ޚިދުމަތް ވެސް ވަނީ ކަނޑާލައިފައެވެ. އޭގެ އިތުރުން ކާނާއި އާއި ބޭސްވަރުވާއާއި އެތެރޭގެ ދަތުރުފަތުރަށް ވެސް ޔަހޫދީ ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި ތެޔޮ ފޯރުކޮށްދިނުމަށް އޮތް މަގުތަށް އިޒުރޭލުން ވަނީ ބަންދު ކޮށްފައެވެ.
ޣައްޒާއަށް ތެޔޮ ނުލިބި ކަރަންޓު ކެނޑުމުގެ ސަބަބުން ޣައްޒާ ވަނީ އަނދިރީގެ ތެރޭގައެވެ. އިޒްރޭލުންދަނީ ދިރި ތިބުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތައް ޣައްޒާ ރައްޔިތުން ކިބައިން ނިގުޅަމުންނެވެ.
ޣައްޒާގެ ހާލަތު މިހާހިސާބަށް ދިޔުމުން ފައިސަލްވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ހަނގުރާމައިގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުތަށް ބެހެއްޓުނަށް އެގައުމަށް ގޮވާލައިފައެވެ. މިގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާ އަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެ ކުރެވެން ޖެހޭނެ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ނުރައްކާތެރި ރަހުމްކުޑަ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ވެސްފައިސަލް ވަނީ ގޮވާލައިފައެވެ.