އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ދަރުބާރުގޭގައެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ.މުއިއްޒު ވަނީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރަން ނިންމަވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ކުރައްވަންޖެހޭ މުހިންމެ މަސައްކަތްތަކަށް ވަގުތު ދެއްވަން ނިންމަވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން މާލޭގެ މޭޔަރުގެ މަގާމަށް މީހަކު ހޮވުމަށް އިންތިހާބު ބާއްވަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.