ހއ. ދިއްދޫ ނެރު މަތީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 10 މީހުންގެ ތެރެއިން ދެމީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ލޯންޗެއް ރޭ ނެރު މައްޗަށް އުރިގެން ހިނގި އެކްސިޑެންޓުގައި ދިހަ މީހަކަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 7:30 ހާއިރުއެވެ. ދިއްދޫ ކައުންސިލް މެންބަރު މައުލޫމާތު ދެއްވި ގޮތުގައި އެ ދިހަ މީހުންގެ ތެރެއިން އެކަކަށް ލިބިފައި ވަނީ ސީރިއަސް އަނިޔާތަކެކެވެ. އަދި މިއަދުގެ ހެނދުނާ ހަމައަށް ދެމީހުން ފިވަޔައި އަނެއް އަށް މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައެވެ.

ދިއްދޫ ކައުންސިލު މެންބަރު މިއަދު ވިދާޅުވީ އެ އެކްސިޑެންޓުގައި އެންމެ ފަހުން ފަރުވާ ދެމުން އައި ދެ މީހުންނަކީ ދުވަސްވީ ދެމީހުން ކަމަށެެ. އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެންގޮސްފައި ވާއިރު، އަނެކަކަށް ފަރުވާ ދެނީ ލޮނު ބޮވިގެން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެދެމީހުންގެ ތެރެއިން އެކަކު ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި ކަމަށާއި އަނެއްމީހާގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންކަމަށް ކައުންސިލް މެންބަރު ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރޭ މައުލޫމާތު ދިން ނަމަވެސް، އެ މީހާވެސް ވަނީ މިހާރު ދޫކޮށްލާފައެވެ. އަދި އެވަގުތު އޭނާގެ ހާލު ސީރިއަސް ކަމަށް ލަފާ ކުރެވުނީ އެވަގުތު އެމީހާގެ ހާލަތު ހުރި ގޮތުންނެވެ.