އީޔޫގެ ބްރެޓަންގެ ސުންގަޑި އިންޒާރާއެކު ކުރީގެ ޓުވިޓާ އަދި އީިލަން މަސްކްގެ އެކްސް.ކޮމް އިން ކުއްލި ފިޔަވަޅެއް އަޅައި ހަމާސްއާ ގުޅުން ހުރި އެތައް ހާސް ޕޯސްޓުތަކަކާއި އެތައް ސަތޭކަ ޕްރޮފައިލްތަކެއް ނައްތާލައިފިއެވެ.
އީޔޫގެ އިންޑަސްޓްރީގެ ލީޑަރު ތިއޭރީ ބްރެޓަންގެ އަލްޓިމެޓަމްއާ ގުޅިގެން އެކްސް އިން ވަނީ ހަމާސްއާ ގުޅުން ހުރި އެތައް ހާސް ޕޯސްޓުތަކަކާއި އެތައް ސަތޭކަ ޕްރޮފައިލްތަކެއް ނައްތާލާފަ އެވެ.
މަސްކްގެ އެކްސް.ކޮމް އިން މި ކުއްލި ބަދަލު ގެނެސް، އެތައްހާސް ޕޯސްޓުތަކަކާއި ޕްރޮފައިލްތައް ނައްތާލާފައި މިވަނީ އިސްރާއީލާއި ޣައްޒާގެ ހަމަނުޖެހުންތަކާ ގުޅޭ ދޮގު މައުލޫމާތު ތައް ފެތުރުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕްރެޝަރު ބޮޑުވަމުންދާތީއެވެ.
އީޔޫއިން ވަނީ އެ ޕްލެޓްފޯމްގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އީލަން މަސްކަށް 24 ގަޑިއިރުގެ މުއްދަތެއް ދީފައެވެ. ތިއޭރީ ބްރެޓަން ވިދާޅުވީ އިސްރާއީލާއި ޣައްޒާގެ ހަމަނުޖެހުންތަކާ ގުޅޭ ދޮގު މައުލޫމާތާއި ގާނޫނާ ހިލާފު ކޮންޓެންޓް ފެތުރުމަށް އެކްސް ބޭނުން ކުރަމުންދާ ކަމަށެވެ.
ބްރެޓަން ވަނީ ދާދި ފަހުން ފާސްކުރި ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ) އާ ހަވާލާދީ އެކްސް އާއި މެޓާގެ ފޭސްބުކް ފަދަ ބޮޑެތި އޮންލައިން ޕްލެޓްފޯމްތަކުން ގާނޫނާ ހިލާފު ކޮންޓެންޓް ވަގުތުން ނައްތާލައި އާންމުންގެ ސަލާމަތާއި ސިވިކް ޑިސްކޯސް ހިމާޔަތްކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.
މި ކުއްލި ފިޔަވަޅު އަޅާފައިވާ ކަން ޔަގީންކޮށްދެމުން އެކްސްގެ ޗީފް އެގްޒެކެޓިވް ލިންޑާ ޔަކަރިނޯ ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ހާލަތާ ގުޅިގެން އެ ޕްލެޓްފޯމުން ގިނަ މަގާމުތަކާއި ޕްރޮފައިލްތައް ގިންތިކުރުމަށް ނުވަތަ އުނިކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއިން އެއްވެސް ބަދަލެއްގެ ވަކި ތަފްސީލެއް ލިންޑާ ނުދެއްވައެވެ. އެކަމަކު ޔަކަރީނޯ ވަނީ އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ އީޔޫގެ އާ އޮންލައިން ކޮންޓެންޓް ހަމަތަކާއިއުސޫލުތަކާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމަށް އީޔޫއާ އެކު މަސައްކަތް ކުރަން އެ ޕްލެޓްފޯމުން ޝައުގުވެރިވާ ކަމަށް ވިދާޅުވެފައެވެ.
އެޕްލެޓްފޯމުން ވަނީ އީޔޫގެ 80 އަށް ވުރެ ގިނަ ޓޭކްޑައުން ރިކުއެސްޓްތަކަށް ވަގުތުން އަމަލުކޮށްފައިވާކަމާއި އީޔޫއަށް އެއްބާރުލުން ދީފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.
މިއަށްފަހު އެކްސް.ކޮމް ޕްލެޓްފޯމްގައި ގާނޫނާ ހިލާފު އިތުރު ކޮންޓެންޓެއް ހުރި ކަން ޔޫރޯޕޯލް އިން އެކްސްއަށް އަންގާފައެއް ނުވެއެވެ.
ލިވާ ޒިޔާދު ހާދަހާވާ މޮޅެވެ، އައްސަރި ބަހާ ސާބަސް ކިޔަމެވެ