މެރިޓައިމް ހަފުތާ ނިންމުމުގެ ގޮތުން ފަޅު ސާފުކުރުމުގެ ހަރަކާތެއް އެމްއެންޑީއެފް ކޯސްޓްގާޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ދުނިޔޭގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަފުތާާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މި ހަރަކާތުގައި މިއަދު ވަނީ ނޯތު ހާބަރ ސަރަހައްދުގެ ފަޅު ސާފުކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގެ ފަޅުން ދަނގަޑާއި، ޓައިރާއި، އެކި ޒާތުގެ ވަރަށް ގިނަ އަދަދަކަށް ކުނި ވަނީ ނަގާފައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެންއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިންގެ އިތުރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން ބައިވެރިވިއެވެ.

މެރިޓައިމް ހަފުތާގެ މި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި މާލޭގެ ނޯތު ހާބަރަށް ވަދެނިކުމެ އުޅުނު އުޅަނދުފަހަރު ވެސް ބަލާފާސްކޮށްފައެވެ.