މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުރި ސަފާތު އަހުމަދު ޒާހިރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާކަން ހާމަކޮށްފިއެވެ.

ސަފާތު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގްއި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށްޓަކައި އެމްޑީޕީގެ ޕްރައިމައިރީގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަފާތު އެމްޑީޕީގެ ޕްރައިމައިރީގައި ވާދަކުރުމަށް ނިންމެވި އިރު 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެކަން މިހާރު ވެސް ބައެއް ފަރާތްތަކުން ވަނީ އިއުލާން ކުރައްވާފައެވެ.