ހުޅުމާލެއިން ހިއްކަމުން އަންނަ ފޭސް 3 ގެ ފުރަތަމަ ބައި ދެދުވަސް ތެރޭ ހިއްކައި ނިންމާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފިއެވެ.

އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އާބަންކޯއިން ބުނެފައި ވަނީ ފޭސް 3 ގެ މަސައްކަތް ލަސްވީ އެތަނަށް އަޅާފައި ހުރި ކުނިތަކެއްގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ދެ ދުވަސް ތެރޭގައި ފޭސް 3 ގެ ސައިޓް އޭ ގެ މަސައްކަތް ނިންމަ ދޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.

މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް ހިއްކާ ސަރަހައްދެކެވެ. މި ސަރަހައްދުން 700 ގޯތި ދޫކުރާނެއެވެ.