އަފްޣާނިސްތާނުގެ ހުޅަނގުގެ ޕްރޮވިންސަކަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބާރުގަދަ ބިންހެލުންތަކެއް އައިސް 2،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން ކުރިމަތިވި ތިން ވަނަ ބިންހެލުމެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު 8 ޖަހާ އެހާކަންހާއިރު (ޖީއެމްޓީ 03:30) ބިންހެލުން އައިސްފައިވާއިރު، ބިންހެލުމާ ކާރިސާތަކާބެހޭ މަރުކަޒު އޮތީ އެޕޮނިމަސް ހުޅަނގު ޕްރޮވިންސްގެ ވެރިރަށް ހެރާޓް ސިޓީގެ ހުޅަނގު އުތުރުން 33 ކިލޯމީޓަރު (21 މޭލު) ދުރުގައި ކަމަށެވެ. އޭގެ 20 މިނެޓް ފަހުން މެގްނިޓިއުޑް 5.5 ގެ އަފްޓާޝޮކެއް އައިސްފައިވާ ކަމަށް ވެސް ބުނެ އެވެ. މި ކާރިސާގައި މިހާތަނަށް އެކަކު މަރުވެ، 93 މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓްތައްބުނެއެވެ.

މީގެ އަށް ދުވަސް ކުރިން ހެރާޓްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި 6.3 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސްފައިވާއިރު، އޭގެ ފަހުން ބާރުގަދަ އަފްޓާޝޮކްތަކެއް އައިސްފައިވެ އެވެ. އެ ބިންލެހުމުގެ ސަބަބުން ގިނަ ގެތަކެއް ސުންނާފަތިވެ، 2،053 މީހުން މަރުވެފައިވާކަމަށް ތާލިބާނުންގެ އޮފިޝަލަކުވަނީ މައުލޫމާތުދެއެވެ. މި ބިންހެލުންތަކަށް ފަހު ވެލީގެ ތޫފާންތައް އަރައި، ދިރިއުޅުމުގެ ހާލަތު ގޯސްވެ، ސަލާމަތްވި މީހުން ދިރިއުޅޭ ޓެންޓްތަކަށް ގެއްލުން ލިބުނެވެ.

މިދިޔަ ހަފްތާގައި އެތައް އާއިލާތަކެއްގެ ދިރިއުޅުން ވަގުތުކޮޅެއްގެ ތެރޭގައި ފޮހެވިގެންގޮސްފައިވާއިރު، ސުންނާފަތިވެފައިވާ ގެތަކުގެ ހާދަރުތަކުގެ ވަށައިގެން އަދިވެސް އެތައް ހާސް ބަޔަކު ދިރިއުޅެމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި ގާތްގަނޑަކަށް 20،000 މީހުންނަށް ކާރިސާތަކުގެ އަސަރުކޮށްފައިވާއިރު، މަރުވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިނުގަނެފައިވާއިރު، އަފްޣާނިސްތާނުގެ އިންސާނީ ދަތިކަން އިތުރަށް ގޯސްވީ ބޭރުގެ އެހީ ގިނަ ގައުމުތަކުން އަނބުރާ ގެންދިއުމުންނެވެ. އެހެންކަމުން ތާލިބާނުންގެ ސަރުކާރަށްވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކާކުރިމަތިވެފައެވެ.