ޅެމާއި މަޒުމޫނު އަދި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑަމީ އިން ހުޅުވާލައިފިއެވެ.

ބަހުގެ އެކެޑަމީއިން ފުރުސަތު ހުޅުވާލާފައި މިވަނީ ޅެންހެދުމުގެ ސައްބީސް ވަނަ (26ވަނަ) ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ފަންސަތިރީސްވަނަ (35ވަނަ)ގެ ގައުމީ މުބާރާތުގެ އިތުރުން އަށުތިރީސްވަނަ (38ވަނަ) މަޒުމޫނު ލިޔުމުގެ މުބާރާތަށެވެ.

މި ގައުމީ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން، ބައިވެރިވުމަށް ހުށަހަޅާ ފޯމު އެކަޑަމީ އަށް ހުށަހަޅަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމު އޮންލައިންކޮށް ފުރޭނެ ގޮތް ވަނީ ހަމަޖައްސާފައެެވެ. އެގޮތުން އެކެޑަމީގެ ފޭސްބުކް އޮފިޝަލް ޕޭޖުގައި މި ތިން މުބާރާތަށް ވެސް ތިން ޕޯސްޓް ކޮށްފައިވެއެވެ. އެއިން ކޮންމެ ޕޯސްޓެއްގައިވެސް މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފޯމް ސްކޭން ކުރެވޭނެހެން ކިއުއާރް ކޯޑެއް ދީފައިވެއެވެ.

މިފަހަރުގެ މި މުބާރާތްތަކުގެ އެންމެ ހާއްސަ ކަމަކީ ބައިވެރިވާ ފަރާތްތަކުން އަމިއްލަ ރަށުގައި ތިބެގެންވެސް މުބާރާތުގައި ބައިވެރިވެވޭނެހެން ދިވެހި ބަހުގެ އެކަޑަމީއިން މަގުފަހި ކޮށްދެއްވާފައިވާ ކަމެވެ.