މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން، ގޭގައި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، އެ ސްްމާޓް ޕޮޓް ހޯދުމަށް ގޭގައި އިންދާފައި ގަހެއްގެ ފޮޓޯއެއް ނަގައި ފޮޓޯ ޕޯސްޓުގައި ހޭޝްޓެގް "ގްރޯ ވިތް އުރީދޫ" ބޭނުންކޮށް އުރީދޫ އަދި ޒުވާން ދަނޑުވެރިޔާ ޓެގް ކުރަންޖެހޭނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިން މިމަހުގެ 21 ގެ ނިޔަލަށް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ނަސީބުވެރި ފަރާތަކަށް ދޭސްމާޓް ޕޮޓަކީ "ގްރޯ ވިތު އުރީދޫ" ގެ އެމްބެސެޑާ ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީގެ ފަރާތުން ދޭ ހަދިޔާއެއް ކަމަށެވެ.

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަން ނިންމީ 2020 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުން ހިމެނެއެވެ.