ރާއްޖޭގައި ބާއްވާ ފުރަތަމަ އޯޝަން ހެކަތޯން ފަށައިފި އެވެ.

މި ހެކަތޯން ޝަރަފްވެރިކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށްޓަކައި ކުރިއަށް ގެންދެވޭ މި ހެކަތޯންގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތަށް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް 10 ޓީމަކުން ހުށަހަޅާފައިވެއެވެ.

އެގޮތުން ރާއްޖެއިން ވަނީ ނުވަ ހިޔާލެއް ހުށަހަޅާފައެވެ. އަދި މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީގެ ފަރާތުންވެސް ވަނީ ހިޔާލެއް ހުށައަޅާފައެވެ.

މީގެ އިތުރުން ރާއްޖެ އިން ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުން ހިމެނެއެވެ.

އަދި ކާރިސާއެއް ދިމާވެދާނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ހެދުމާއި،ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދި ނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަގައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައި ދިނުން ފަދަ ހިޔާލުތައް ވެސް ހިމެނެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ހެކަތަން އޮންނަނީ މިމަހުގެ 17އާއި ހަމައަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ.

ދިހަ ޓީމަކުން ބައިވެރިވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ޑޮލަރުގެ އިނާމެއް ވަނީ ހުށަހާޅާފައެވެ.