ފަލަސްތީނުގެ ޣައްޒާގެ ޚާން ޔޫނިސް އާއި ރަފާ ރެފިއުޖީ ކޭމްޕަތަކަށް ސަހްޔޫނީ އިޒްރޭލުން ދިން ރޭ ދިން ހަމަލާތަކުގައި 71 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އަދި މިހަލާތަކުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ އަދަދު ނޭނގޭތީވެ، ޝަހީދުވި މީހުންގެ އަދަދު މަތިވާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ޣައްޒާއަށް ކޮންމެ 3 ސިކުންތަކުން އިޒްރޭލުން ހަމަލާ ދެމުން އަންނައިރު، ޣައްޒާގެ ރައްޔިތުން ރައްކާތެރި ހޯދަން ވަންނާނެ އެއްވެސް އިމާރާތެއް، އެއްވެސް މަގެއް ނެތް ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކުރައްވައެވެ. ހަމަލާ އަމާޒު ނުކުރާނެ ކަމަށް ޔަހޫދީން ބުނި މަގުތަކުން ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރާ އާންމުންނަށްވެސް އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ދަނީ ހަމަލާ ދެމުންނެވެ.

ޝަހީދުވާން މީހުން ގިނަކަމުން ޣައްޒާގެ މޯޗަރީތައް ވަނީ ފުރިފައެވެ. ޝަހީދުވާ ބައެއް މީހުންގެ ހަށިގަނޑުތައް ރައްކާ މިހާރު ކުރަމުން އަންނަނީ އައިސްކްރީމް އުފުލާ ވޭންތަކުގައެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭސް ވަމުން ދިޔުމާއި ހޮސްޕިޓަލްތަކަށް ނުތަކާވަރަށް ޒަޚަމްވާ މީހުންނަށް ފަރުވާ ދޭން ޖެހުމުން ޣައްޒާއަށް ވަނީ އިންސާނީ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ.