މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 4،200 އަށް އަރައިފި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވައިފިއެވެ.

އިޒްރޭލުގެ ޢުދުވާންތަކުގައި ޝަހީދުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި 750 ކުޑަކުދިން ތާށިވެފައި ތިބިކަމުގެ މަޢުލޫމާތުވެސް ލިބެމުން އަންނަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވައެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި އިޒްރޭލުގެ 300 އެއްހައި ސިފައިންނާއި އާންމުންގެ 1200 އެއްހައި މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ވިދާޅުވޭ...