ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތި ލައްވައިފި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާއަކީ ‏ދަ ޑިމޮކްރެޓްސްގެ ޕާޓީގެ މުއައްސިސް ވެސް މެއެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަަށްފަހު އޭނާ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުމަށެވެ.

ޑިމޮކްރެޓްސްގެ ރައީސްއާއި ނާއިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން ކުރިމަަަތިލައްވާފައިވެއެވެ. މި އިންތިހާބު އޮންނާނީ ޑިސެމްބަރު 2 ގައެވެ.

އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މީހުންގެ ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ މިރޭ 10:00 އެވެ.