ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން، ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޒް އަހްމްދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. ނަމަވެސް ވާދަކުރައްވަނީ މާލޭގެ ކޮން ދާއިރާއަކަށްކަމެއް އަދި ކޮން ސިޔާސީ ޕާޓީއަކުންކަމެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވާ ބައެއް ފަރާތްތަކުން އަންނަނީ އެކަން އިއުލާންކޮށް ކެމްޕެއިން ކުރަމުންނެވެ. މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލަމުގެ ކުރީކޮޅު ނުވަތަ މާރިޗް މަހުގެ ފަހުކޮޅުއެވެ.