ފައިދާ ހުރި ކާނާއަކަށް ބަލާނަމަ ފަލަމަޑީގެ ބާވަތެއް ކަމަށްވާ "ކައްޓަލަ"، ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ކޮށްދޭ ބާވަތެކެވެ. ކައްޓަލައިގައި ހުންނަ ވިޓަމިން އޭ އާއި ބީޓާ ކެރޮޓީން އިން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ދިފާއީ ނިޒާމާއި ޖަރާސީމުތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާއުގައި މަސައްކަތް ކުރެއެވެ. ހަމައެހެންމެ ދަރިމައިވުމުގެ ނިޒާމަށާއި ހިތާއި ކިޑްނީ ފަދަ ގުނަވަންތަކަށް ވެސް ކައްޓަލައަކީ ފައިދާބޮޑު ބާވަތެކެވެ.

ހުދު ނުވަތަ އޮރެންޖްކުލަ ނޫނީ މާމުއި ކުލައިގެ ކައްޓަލައިގެ ތޮށިވެސް ކެވިދާނެއެވެ. ކައްޓަލައިގެ ތޮށީގައި ފައިބަރާއި، އެންޓިއޮކްސިޑެންޓްތަކާއި، ޕޮޓޭސިއަމް، މެންގަނީޒް، އަދި ވިޓަމިން އޭ، ސީ، އަދި އީ ފަދަ ނިއުޓްރިއެންޓްސް ގިނައެވެ. މިއިން ކޮންމެ ބާވަތަކީވެސް ސިއްހަތު ރަނގަޅުކޮށް، ދުޅަހެޔޮ ކުރުމަށް އެހީތެރިވެދޭނެ ބާވަތެކެވެ.

ކައްޓަލައިގައި ބްލީޗިންގެ މާއްދާ އެކުލެވިގެންވާއިރު، މިއީ އުމުރުގެ ކުލަތަކާއި ރިއްސުންތައް ނައްތާލުމަށް އަޖައިބުވާހާ މޮޅު ވައްތަރެކެވެ. އަދި ކައްޓަލައިން ހަންގަނޑު އެކްސްފޯލިއޭޓްކޮށްގެން ދުޅަހެޔޮ އަލިކަމަކާއި ވިދުމެއް ލިބިގެންދާނެ އެވެ. ހަމައެހެންމެ ކައްޓަލައިގައި ބީ ކޮމްޕްލެކްސް ވިޓަމިންސް، ޕޮޓޭސިއަމް، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސް ހިމެނޭއިރު، މިއިން ހަންގަނޑު އަލިކޮށްލަދޭންވެސް އެހީތެރިވެދެއެވެ.

ހަމަމިއާއެކު ކައްޓަލައިގައި، ފައިބަރާއި އެންޓިއޮކްސިޑެންޓްސް ގިނައިން ހިމެނޭއިރު، މީގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. ކައްޓަލަ ގޮހޮރާއި ސިކުނޑި ދުޅަހެޔޮކަންމަތީ ވުމަށް މަގުފަހިކޮށްދެއެވެ. ރަނގަޅު ފެނުމާއި ދިފާއީ ނިޒާމަށް އެހީތެރިވުމަށް ވިޓަމިން އޭ އަށް ބަދަލުވެފައިވާ ބީޓާ ކެރޮޓީން އިން ގަބޫލުކުރަން ދަތި ވަރުގެ މުއްސަނދިކަން ވެސް އެކުލެވިގެންވެ އެވެ.

ކައްޓަލައިގެ ސަބަބުން ސިއްހަތަށް ލިބޭ ބައެއް ފައިދާ:

  • ދުޅަހެޔޮ ވިސްނުމަކަށް ތާއީދުކުރުން
  • ހަޖަމުކުރުމަށް ރަނގަޅު އެހީއެއް
  • ހަކުރު ބަލި މެނޭޖްކުރުމަށް އެހީތެރިވެދޭ
  • ކެންސަރު ގެ ނުރައްކަލުން ރައްކާތެރިވުމަށް އެހީތެރިވެދޭހި
  • ތުގެ ދުޅަހެޔޮކަމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދިނުން
  • ސިކުނޑީގެ މަސައްކަތް ތައް އިތުރުކޮށްދޭ
  • ދިފާއީ ނިޒާމު ވަރުގަދަކޮށްފާނެ
  • ގައިގެ ހަންގަނޑު ރީތިކޮށް އޮމާންކޮށް ހުރުމަށް އެހީތެރިވެދޭ

{ނޯޓް: މި ލިޔުމުގައިވާ މައުލޫމާތު ނަގާފައިވަނީ، މަޝްހޫރު ނިއުޓްރިޝަން އަމީރިޗާ،ގެ "ހެލްތުލައިން" ލިޔުމަކުން)