ވިލާ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ވިލާކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން މޯލްޑިވްސް ބްލަޑް ޑޮނާސް އާއި ގުޅިގެންނެވެ. އިއްޔެ ތެލެސީމިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކޮލެޖުގެ މުއައްޒަފުންނާއި ދަރިވަރުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވީ ވިލާ ކޮލެޖުގެ މުވައްޒަފުންނާއި އެ ކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާތަކުންނެވެ. އެގޮތުން ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން، ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީ، ސައިކޮލޮޖީ އެސޯސިއޭޝަން އޮފް ވިލާ ކޮލެޖް އަދި ލޯ ސޮސައިޓީ އޮފް ވިލާ ކޮލެޖް އިން ވަނީ މި ހަރަކާތް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވިލާކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އިޖުތިމާއީ ޒިންމާ އަދި އަމިއްލައަށް އިސްނެގުމުގެ ރޫހު އާލާ ކުރުމެވެ.