ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޕަރިނީތީ ޗޯޕްޅާ ކައިވެންޏަށް ފަހު އިންޑިޔާއިން ބޭރަށް ކުރި ފުރަތަމަ ދަތުރުގައި ރާއްޖެ އައިސްފިއެވެ.

އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއްގައި މިދިޔަ ހޯމަ ދުވަހު ޕަރިނީތީ ވަނީ ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާގެ ފުރަތަމަ މަންޒަރު ދައްކާފައެވެ.

އެ ފޮޓޯ ހިއްސާކޮށް ޕަރިނީތީ ލިޔެފައި ވަނީ އޭނާ އައިސްގެން އުޅެނީ ހަނީމޫނަށް ނޫން ކަމަށެވެ. މިއީ ދައްތަ ނަގާފައިވާ ފޮޓޯއެއް، ފޮޓޯ ކެޕްޝަން ގައި ޕަރިނީތީ ބުނެފައިވެއެވެ. ހަނީމޫން ދަތުރެއް ނޫން މިއީ "ގާލްސް ޓްރިޕް"އެއް ކަމަށްވެސް ފޮޓޯ އަށް އިޝާރާތްކޮށް އޭނާ ވަނީ ބުނެފައެވެ. ހަނީމޫންގެ ޕްލޭންތައް ކުރާނީ ހަނދާން ނުނެތޭނެ ފަދަ މަންޒިލެއްގައި އަދި އެތަނަކީ ދިވެހިރާއްޖެ ކަމަށްވެސް ޕަރިނީތީ ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޕަރިނީތީ ވަނީ މިދަތުރަކީ އޭނާގެ ފިރިމީހާ އަދި ޕޮލިޓީޝަން ރާގަވް ޗައްޑާއާ އެކު އައި ހަނީމޫން ދަތުރެއް ނޫން ކަމަށް ބުނެފަ އެވެ. ޕަރިނީތީ އާއި ރާގަވް ކައިވެނި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އުދޭޕޫރުގަ އެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިގެން ދިޔައީ އަކްޝޭ ކުމާރާ އެކު "މިޝަން ރާނީގަންޖް: ދަ ގްރޭޓް ބާރަތު ރެސްކިއު" އިންނެވެ. މި ފިލްމު ރިލީޒްކުރީ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ. ޓީނޫ ސުރޭޝް ދޭސާއީ މިޝަން ރަނިގްނާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވާޝޫ ބަގްނާނީ، ޖެކީ ބަގްނާނީ، ދީޕްޝިކާ ދޭޝްމުކް އަދި އަޖޭ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.