ރޭގައި އިޒްރޭލުން ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށް، ހޮސްޕިޓާފަދަ ތަންތަނަށް ހަމަލަދިނުމަކީ އިންސާނީ ހައްގުތަކާ ހިލާފުކަމެއް ކަމަށް ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް މިފަދައިން ހާމަކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.
ފޮރިން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި އެ ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރާކަމަށާއި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވަނީ ބުނެފައެެވެ.
“ފަލަސްތީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރުކުރަން، އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހިރާއްޖެއިން ގޮވާލަން،" ފޮރިން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރޭގައި އިޒްރޭލުން ދިން އެ ހަމަލާގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ތިޔަ ބޯހަރު ޖައްބާރު ޔަހޫދީންނަކީ އެހެން އެއްވެސް މީހަކު ބުނާއެއްޗެއް އަޑުނާހާނެ ޝައިތާނެއްކަން އެނގޭއިރު، ތިވަރަކަށް ހުއްޓާލާ ކިޔަންޖެހޭ ސަބަބެއް ނެތް. ކުވައިތަށް އިރާޤު ސިފައިން އެރުމުންވެސް އެމެރިކާ އަޑީގަ އޮވެގެން، ޔޫއެންގެ ލަސްކަރެއްގެ ގޮތުގަ ލަސްކަރެއް ފޮނުވައިގެން ކުވައިތުން އިރާޤު ސިފައިން ބާލާ، އިރާޤު ސުންނާފަތިކޮށް ވެރިކަންވައްޓާލާ ޞައްދާމް ހިފާ ދަންޖައްސާފަ ވަނީ. އެހެންވީމާ ހަމަ މިގޮތަށް ތިޔަ ޝައިތާނުންނާމެދު ކަންތައްކޮށްދިނުމަށް ދިވެހި ސަރުކާރުންވެސް ޔޫއެންގައި ގޮވާލަން ނުކެރިގެން ތިޔަ އުޅެނީ. ހަމަ ފިނޑިކަމުން.