ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވާއްދަކުރައްވާނެ ކަން އިއުލާނުކުރައްވައިފި އެވެ.

ފަޒީލް ވާދަކުރައްވަން ނިންމަވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ފަޒީލް ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ތަންފީޒުކުރުމަށް ކަމަށެވެ.

އެ ގޮނޑިއަށް ކުރިމަތިލެއްވީ ދިވެހި ރައްޔިތުން އަދި ހާއްސަކޮށް އޭނާ އުފަން ރަށް ފުވައްމުލަކުގެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފަޒީލް ވަނީ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމުގައި ފުވައްމުލަކު އަދި ހާއްސަކޮށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިފަ އެވެ.