އދ.ގެ ސެކްރެޓަރީޖެނެރަލް އެންޓޯނިއޯ ގުޓަަރޭޒްގެ ހިތް އޮތީ ޣައްޒާގެ އަލް އަހުލީ އަރަބް ހޮސްޕިޓަަލަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ރޭ ދިން މިސައިލް ހަމަލާގައި ޝަހީދުވި މީހުންނާ އެކުގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ އެކްސްކޮމް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މި ގަތުލު އާންމުގައިި 800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ. މިފަދާ ލާއިންސާނީ ހަމަލާތައް ދިނުމުގެ ބަދަލުގައި ހަނގުރާމަ މެދު ކަނޑާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.

އޭނާ ވިދާޅުވެފައިވަނީ ހަނގުރާމައިގެ ވަގުތުގައިވެސް ހޮސްޕިޓަލުތަކާއި ސިއްހީ ޚިދުމަތްތެރީންނަށް ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ބަލާލުމެއްނެތި ކަނުއަނދިރީގައި އިޒްރޭލުން މިހަމަލާ ހޮސްޕިޓަލަށް ދީފައިވަނީ އެއްވެސް އިންޒާރަކާ ނުލައެވެ. އެއީ ހޮސްޕިޓަލަކަށްވީތީ އެތަނަށް ހަމަލާ ނުދޭނެ ކަމަށް ބަލައި ފަލަސްތީނުގެ އެތައް ރައްޔިތުންނެ އެތނުގެ ހިމާޔަތުގައި ތިއްބައި ދިން މިހަމަލާއަށްފަހު ޔަގީން ވެފައިވަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ޣައްޒާގެ އެއްވެސް ތާކުން ހިމާޔަތެއް ނެތްކަމެވެ.

މީގެ ކުރިން އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގާ ސްކޫލަކަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީ ހަ މީހަކު ޝަހީދު ކޮށްފައެވެ. ގުޓަރޭޒް ވަނީ މިހަމަލާ ވެސް ކުށްވެރި ކުރައްވައިފައެވެ. އެހެންނަމަވެސް މިއީ ކުށްވެރިކޮށްލަކޮށްލާ ތިބުމަށްވުރެ ހައްސާސް ދަނޑިވަޅެކެވެ. މިއީ އިޒުލޭލުގެ ވިހަ މިސައިލް ތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކޮށްދޭންވީ ވަގުތެވެ.