ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެެރެއިން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުން އަދިވެސް ކަނޑަނޭޅޭކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ސެޕްޓެންބަރު 26 ވަނަ ދުވަހު ޢާންމުކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ތަރުތީބުކޮށް، ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިނިސްޓްރީން އަންގާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މަސައްކަތް ފަށާނީ މިނިސްޓްރީން ލިސްޓު ތަރުތީބުކޮށް ފައިނަލް ލިސްޓު އެ ކޯޕަރޭޝަނަށް ފޮނުވުމުން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަށުން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ނިންމާފައެވެ.