ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ގއ.ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލް މުޙައްމަދު ހާމަކުރައްވައިފިއެވެ.

ވިޝާލް މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވިޝާލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ވިލިނގިލި ދާއިރާ, ޕުރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޓިކެޓަށް ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

އަދި އޭނާ ވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ މީހަކަށް ވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ މައުލޫމާތު ދެއްވައިފައެވެ.