ތިން ދިވެހީންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "އާމިރާ" ނަމަކަށް ކިޔާ ދޯންޏަކަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މ.މުލީގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން އޮންނަ ފަރަކަށް މި ދޯނި އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:11 ހާއިރެވެ. ގަލެއްގެ މައްޗަށް ބީހިފައިވާ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިގޮތުން، ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ބެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޚަބަރު: އެމްއެންޑީއެފް