ފަލަސްތީނުގެ ރައްޔިތުންތަކަކަށް ދިވެހިންގެ ފަރާތުން އެހީގެ ގޮތުން ފައިސާ ބަހައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ން ބުނީ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި، މަސައްކަތް ކުރާ ސަރަހައްދުތަކެއް ކަމަށާއި ނަގުދު ފައިސާގެ ގޮތުގައި 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ފައިސާ ދެވިފައިވާ ކަމަށް އޭއައިސީން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި ގެތައް ހަލާކުވި ފަރާތްތަށް ވެސް ހިމެނޭ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.

"ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އަޅުގަނޑުމެން މިވަނީ އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައި. މި ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި، މަސައްކަތް ކުރާ ސަރަހައްދުތައްކަން ފާހަގަ ކޮށްލަން." އޭއައިސީން ބުންޏެވެ.

"200 އާއިލާއަކަށް މިވަނީ 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ ދެވިފަ. ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި އެކީއެކަށް ގެ ހަލާކުވި ފަރާތްތަށް މީގެ ތެރޭގައި ހިމެނޭ.. އަޅުގަނޑުމެންގެ ހެޔޮ ދުޢާ އާއި އެހީ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާ." އޭއައިސީ

އޭއައިސީން ރާއްޖޭގައި ފައިސާ އެއްކުރަން ހުޅުވާފައިވާ ފަންޑަށް އަދިވެސް ފައިސާ ޖަމާ ކުރެވޭނެއެވެ.