މިދިޔަ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވީ ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ބަދަލުހިފުމުގެ ރޫހުގައި ކަންކަންކުރުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއީ ވިދާޅުވީ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމުގެ ބަލިވުމުގެ އެންމެ ބޮޑު އަސްލަކީ ސަރުކާރުގައި ތިއްބެވި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ޒާތީ މައްސަލަތަށް އިސްކޮށް ބަދަލުހިފުމުގެ ރޫހުގައި ކަންކަންކުރުމުން ކަމަށެވެ.
ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ބަލިވި މައިގަނޑު ސަބަބުތަކަކީ ފުރަތަމަ ބުރުގައި ކެމްޕޭން ޓީމުތައް ތައްޔާރުނުވުމާއި އެމްޑީޕީ ދެބައިވެ ޑިމޮކްރެޓްސް އުފެއްދުމާއި ސަރުކާރާމެދު ފެތުރި ދޮގު ވާހަކަތަކެއްކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.