ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 3700 އައް ވުރެ މަތިވެއްޖެ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ވިދާޅު ވެއްޖެއެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަ ކުރާގޮތުގައި އޮކްޓޫބަރު 7 ގެ ފަހުން މިޔަދުގެ ނިޔަލަށް ޝަހީދުވި މީހުންގެ އަދަދަކީ 3785 އެކެވެ. މީގެތެރެއިން 1524 ކުޑަކުދިން ހިމެނެއެވެ. އަދި 1000 އަނެހެނުންނާއި 120 މުސކުޅިން ހިމެނެއެވެ.

މިހާރު ޒަހަމް ވެފައިވާ މީހުންގެ އަދަދު ވެސް ވަނީ 12،493 އަކަށް އަރާފައެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މީގެ ތެރެއިން 471 މީހުންނަކީ އަންގާރަ ދުވަހު އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަބަބުން ޝަހީދުވި މީހުންނެވެ.