ކުޅުދުއްފުށީ އެއާޕޯޓްގައި ސިލިންޑަރެއް ގޮވާ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާގައި 4 މީހަކަށްވަނީ އަނިޔާވެފަ އެގޮތުން އުމުރުން 25 އަހަރުގެ އަންހެނަކާއި 28 އަދި 29 އަހަރުގެ ދެފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާވަނީ ވެފައެވެ.

މީގެތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް މާލޭގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.