ހޯމް މިނިސްޓަރި އިމްރާން އަބްދުﷲ، ޖަމްއިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން އަބްދުﷲ ވިދާޅުވީ، އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އެނގޭ ކަމަށެވެ.

"އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ. ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް ﷲ" .
އިމްރާން ވިދާޅުވި އެވެ

އެމަނިކުފާނު ރަމީޒަށް ފާޑު ވިދާޅުވެފަައިވަނީ އަލީ ރަމީޒު އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އެގޮތުން އަލީ ރަމީޒު ވަނީ، އާރާއި ބާރުގައި ހުރި ދުވަހު އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވުމަށްފަހު މިއަދު ނުކުމެ ފަލަަސްތީނޭ ކިޔައި ވާހަކަ ދައްކަވަމުން ގެންދަވަނީ ގޮތެއްފޮތެއް ނެތީމާ ކަމަށް ބުނެ މިނިސްޓަރ އިމްރާނަށް ފާޑުވިދާޅުވެފައެވެ.

ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމަށް މީގެ ދެއަހަަރު ކުރިން ޒުވާނުން އިސްވެ ބާއްވަން އުޅުނު ސައިކަލު ބުރު އޭރު ވަނީ ހުއްޓުވާފައެވެ. އެކަމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގިނަ ބަޔަކު ވަނީ ފާޑު ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރ އިމްރާން ވިދާޅުވަމުން އަންނަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ފަރުދީގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.