ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއިން މި ވަގުތު ސޮއިކުރަން އުޅޭ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ހާމަކުރި ވާހަކައަށް ރިއާޔަތްކޮށް ބޭހާ ގުޅޭ ސާމާނު ގެނައުމަށް އެއްބަސްވުމެއްފައި ސޮއި ކުރަން ނޫޅޭކަމަށް އެ ކުންފުނިން ބުނެފިއެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވަނީ، ރާއްޖެއަށް ގޭނުންވާ ބޭހާއި އެއާގުޅޭ އެކިއެކި ސަޕްލައި ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރުުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާކަން އިންތިގާލީ ކޮމިޓީތަކަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
އިންތިގާލީ ތަރުޖަމާނު ފިރުޒުލްގެ މިވާހަކަ ނޫސްތަކުގައި އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމަށާއި އެކަން ހުއްޓުމަށް އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ހަބަރަށް ރިއާޔަތްކޮށް އެކްސް.ކޮމް ގައި ބުނެފައި ވަނީއެފަދަ އެއްވެސް އެއްބަސްވުމެއްގައި އެ ކުންފުނިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށެވެ.
އަދި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އަދި އެ ހަބަރު ޖެހުމުގެ ކުރިން އެއްވެސް ފަރާތަކުން އެސްޓީއޯގެ ބަހެއް ހޯދާފައި ނުވާކަން ވެސް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.