އިޒްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންގެ ހާލަތާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޒަބް ތައްޔިބް އުރްދުޣާންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމްގައި ޓީއާރޓީ ވޯލްޑް ނޫހުން ކޮށްފައިވާ ޕޯސްޓެއްގައެވެ.
ޓީއާރޓީ ނޫހުގެ އެކްސް ޕޯސްޓުގައި ބުނެފައިވާގޮތުން މި ދެ ބޭފުޅުން ވަނީ ފޯނުން ގުޅުއްވައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނާއި އިޒުރޭލުގެ ސިފައިންނާ އިދިކޮޅަށް ހަނގުރާމަ ކުރަމުންދާ މުޖާހިދުންގެ މަސައްކަތަކަށް ލިބެމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ ކަމަށެވެ.
މި ފޯނުކޯލު ގައި އުރްދުޣާން ވަނީ ފަލަސްޠީނަށް އަމާންކަން ހޯދައިދީ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި ތުރުކީން އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވައިފައިކަމަށް އެކްސްގެ އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އިޒްރާއިލްގެ ޔަހޫދީންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސް ފަލަސްތީނުގެ މުސްލިމް ރައްޔިތުން ތިބީ އިންތިހާއަށް ހިތްދަތި ބިރުވެރި ކަމެއްގެ ތެރޭގައެވެ.