އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބާއްވައިފިވެއެވެ.

ޑީޖޭއިން ވިދާޅުވީ މި ޕްރޮގްރާމަކީ ދާއިރާގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަކީ އަލަށް ތައާރަފްކުރެވޭ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށާއި ދާއިރާގެ ހުރިހާ ކޯޓެއްގައިވެސް އެއް އުސޫލަކުން އަމަލުކުރުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށް ޑީޖޭއޭ އިން ބުނެއެވެ.

ޑީޖޭއޭ އިން ވިދާޅުވީ އެ ޕްރޮގްރާމްގައި މަދަނީ އިޖުރާއަތްތަކުގެގާނޫނާ ގަވާއިދަށް އަހުލުވެރިކުރުމުގެ އިތުރުން ޝަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓަށް މުވައްޒަފުން އަހުލުވެރި ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި ޗީފް އެޑްމިނިސްޓްރޭޓަރުންނާއި ލީގަލް އޮފިސަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 49 ބައިވެރިން ތަމްރީން ކުރެވިފައިއެެވެ.

އަދި އދ. ފެންފުށީގައި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ވަނީ ހަނދާނީލިޔުން ހަވާލުކޮށްފައިވާ ކަމަށްވެސް ޑީޖޭއޭ އިން ވަނީ ވިދާޅުވެފައެވެ.