ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބާއްވާ ތައުބީނުގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މި ޖަލްސާ ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ބްރޯޑްކާސްޓިންގ ދާއިރާގައި އެމަނިކުފާނު ހިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ އެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.