އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ފިލްމީ ތަރި ޢަލީ ސީޒަން ނިންމަވައިފިއެވެ.

ސީޒަން މިކަން ކަށަވަރުކޮށްދިނީ ރާއްޖޭގެ ނޫހެއް ކަމަށްވާ ސަން އޮންލައިންއަށް ދެއްވި އިންޓަވައުއެއްގައި އެވެ.

އެގޮތުން ސީޒަން ބުނީ އޭނާ ކުރިމަތިލައްވަން ގަސްތުކުރަނީ ތުލުސްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަކަށް ކަމަށާއި ޕީޕިއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމެރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ސީޒަން ބުނީ އޭނާގެ މި ނިންމުމަކީ އެތައް ބައެއްގެ އެދުމަށް ޖަވާބުދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

ދާދިފަހުން ސީޒަން ވަނީ ފިލްމީ ދާއިރާއިން ބްރޭކެއް ނެގިކަން ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބްރޭކެއް ނެގީ މަޖިލީހަށް ކުރިމަތިލައްވާތީ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ސީޒަން ވަނީ ޕީއެންސީގެ ރިިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕޭނުގައި ބައެއް ރަށްރަށުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.