މިސްރުގެ އިންސާނީ އެހީގެ ސާމާނާއެކު ސަތާރަ ޓްރަކްގެ ސާމާނާއެކު ދެވަނަ ގާފިލާ ކާމިޔާބުކަމާއެކު ފަލަސްތީނުގެ ގާޒާއަށް ވަދެއްޖެ އެވެ.
ދެވަނަ ބުރުގައި އެ ސަރަހައްދަށް ވަދެފައިވާ ސަތާރަ ޓްރަކްގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެނިހެން ޒަރޫރީ ސާމާނެވެ. މި އެހީގެ މަގްސަދަކީ ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ މަދަނީ އާބާދީއަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.
ސަހްޔޫނީ އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާގެ ސަބަބުން ގާޒާގެ ވަސީލަތްތައް ހީނަރުވެ، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ ރަސްމީ އިދާރާ ކަމަށްވާ ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ތިން ދުވަހުގެ ތެރޭގައި ތެޔޮ ހުސްވާނެ ކަމަށާއި އެކަމުގެ ސަބަބުން އެ ޖަމިއްޔާގެ ހިދުމަތްތައް ހީވެސް ނުކުރާ ވަރުގެ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
އިޒްރޭލުން ވަނީ ޣައްޒާގެ ވަށައިގެން އެތައް ހާސް ސިފައިން ޖަމާކޮށް، ބިންތަކަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދީފައެވެ. އެޖަމާއަތުން ބުނަމުން ދަނީ ކޮންމެ ދުވަހަކު ވެސް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ހަމާސްގެ ގިނަ ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުން މިހާރު ވެސް މަރުވެފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ މިއަދުން ފެށިގެން ހަމަލާތައް އިތުރުކޮށް ނުރައްކާ ބޮޑުކުރާނެ ކަމަށެވެ. އެހެންކަމުން ގާޒާ ސިޓީގެ ރައްޔިތުން އެމީހުންގެ ސަލާމަތަށްޓަކައި ދެކުނުން ދަތުރުކުރުމަށް ގޮވާލާ ކަމަށެވެ.