އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން ރާއްޖެ ގެނެސްފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު އިންޑިއަން އެއާލައިންސްގެ ފްލައިޓެއްގައެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
ރާއްޖެ އަށް ކޮވިޑް ވެކްސިން ގެނެސްފައިވާއިރު ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައެވެ. ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ. ވެކްސިން އެންމެ ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިން ހެލްތު ވޯކަރުންނާއި ހައި ރިސްކު ކެޓެގަރީގެ މީހުންގެ ގަޔަށެވެ.