ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް، ފަލަސްތީނަށް އެހީވުމަށް، ޕާކިސްތާނުގެ ޗެރިޓީއެއް ކަމަށްވާ "އަލްހިދުމަތު ފައުންޑޭޝަން ޕާކިސްތާނަށް" 15 މިލިއަން ރުޕީސް (54،547 ޑޮލަރު) ހަދިޔާކޮށްފައިވާ ކަމަށް އެ ޗެރިޓީ ޖަމިއްޔާއިން ބުނެފިއެވެ.

އަސްލަމް ފަލަސްތީނަށް ތާއީދު ކޮށް ފަންޑް ކޮށްފައި މިވަނީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ވަށާލާފައިވާ އެންކްލޭވްއަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ ބިރު ހީވެ ދުނިޔޭގެ ގިނަ ތަރިންނާއި މަޝްހޫރު ފަރާތްތައް ހިމޭނުން ތިއްބެވި ދަނޑިވަޅެއްގައެވެ.

"އަލްޚިދުމަތު" ފައުންޑޭޝަން ޕާކިސްތާނުން ވަނީ ޣައްޒާގައި ތިބި ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޣައްޒާ ފަންޑަށް އާތިފް އަސްލަމް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް މެދުނުކެނޑި ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެތައްހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 4600 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.