އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ޖޯ ބައިޑެންއަކީ އެމެރިކާގެ 46 ވަނަ ރައީސެވެ.
އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެންއަށް ރައީސްކަމުގެ ހުވާ ލައިދެއްވީ ކޮންގްރެސް އިމާރާތުގެ ބޭރުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމެރިކާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ޖަސްޓިސް ޖޯން ރޮބަޓްސްއެވެ.
ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން، އުމުރުފުޅުން 58 އަހަރުގެ ކަމަލާ ހެރިސްވަނީ އެމެރިކާގެ ނައިބް ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. ކަމަލާ ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސެވެ.
ކުރީގެ ރައީސުން ކަމުގައިވާ ބަރަކް އޮބާމާ، ޖޯޖް ޑަބްލިޔު ބުޝް، ބިލް ކްލިންޓަން ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގެންނެވިއިރު، ނިމުނު ދައުރުގެ ނައިބް ރައީސް މައިކް ޕެންސްވެސް ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.
ބައިޑެން ހުވާ ކުރެއްވުމުގެ 3 ގަޑިއެއްހާއިރު ކުރިން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަލްވަދާއު ކިއުމުގެ ރަސްމިއްޔާތު ވައިޓްހައުސްއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވިއިރު، މައިކް ޕެންސް އެ ރަސްމިއްޔާތަށް ވަޑައެއް ނުގަންނަވައެވެ.
ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން ޑޮނަލްޑް ޓްރަމްޕްގެ ދެ ކަނބަލުންނާއި، އާއިލާގެ ބޭފުޅުންވަނީ ވޮޝިންޓަނުން ފުރާވަޑައިގެންފައެވެ.
މިއީ، އެމެރިކާގެ 150 އަހަރުގެ ތާރީޚްގައިވެސް، ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސަކު ބައިވެރިވެވަޑައި ނުގެންނެވި ފުރަތަމަ ފަހަރެވެ.
އެމެރިކާގައި ކޮވިޑް-19 ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނަ މައިދާނަށް ކުޅިބަލަން އާންމު އެއްވެް ފާރާތަކަށް ވާދެވުނެވެ. މައިދާންއޮތީ އާންމުންނަށް ބަންދުކޮށްފައެވެ.