ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދަން އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތުގެ މުއްދަތު މިއަދު ހަމަވުމާ އެކު ސަރުކާރުން އެ މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ދެވިފައިވާ މުއްދަތު މި ހިނގާ އޮކްޓޯބަރު މަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި ޕްރޮޕޯސަލް ފޮތް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރޮޕޯސަލް ހުށަހެޅޭނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.