ޣައްޒާގައި އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާނާއި ގުޅިގެން ރަޝިޔާއިން އަމަލު ކުރަމުންދާ ގޮތާއިިމެދު އިސްރޭލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

އިސްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ރަޝިޔާއިން ދަނީ ފާޑުކިޔަމުންނެވެ. މިކަމާ ހިތްހަމަ ނުޖެހޭ ކަމަށް އިސްރޭލުގެ ފޮރިން މިނިސްޓްރީއިން މިއަދުު "ޓައިމްސް އޮފް އިސްރޭލް" އަށް ވަނީ ބުނެފައެވެ.

އިސްރާއީލުގެ ޑިޕްލޮމެޓަކު މި ހަފްތާގައި ރަޝިޔާގެ އޮފިޝަލަކާ ވާހަކަދައްކަވަމުން ވެސް އިސްރޭލާ ހަމާސް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އަދާ ކުރަމުންދާ ދައުރާ މެދު ވަނީ ފާޑުކިޔާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ރަޝިޔާއިން މި ހަނގުރާމައިގައި ތަންކޮޅެއް "ބެލެންސްޑް" ދައުރެއް އަދާ ކުރުމަށް ވަނީ އެދިފައެވެ.

ރަޝިޔާއިން ވަނީ އދ ގެ ސަލާމަތީ މަޖިލީހަށް އިސްރޭލާ ދެކޮޅަށް ގަރާރެއް ހުށައަޅާފައެވެ. މިގަރާރު ރަޝިޔާއިން ހުށަހެޅީ އިސްރޭލާއި ޣައްޒާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށެވެ. ނަމަވެސް އެމެރިކާ، ފްރާންސް އަދި އިނގިރޭސިން ވަނީ ފެއިލް ކޮށްލާފައެވެ.