ސްކޮޓްލެންޑްގެ ލީޑަރ (ފަސްޓް މިނިސްޓަރ) ހަމްޒާ ޔޫސުފްގެ އަނބިކަބަލުންގެ މައިންބަފައިން ފަލަސްތީނުގެ ޣައްޒާގައި ހައްޔަރުވެ، ފެނަށް ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެލިޒަބެތް އަދި އެލް ނަކްލާ ޣައްޒާގައި ހައްޔަރުވެފައި ހުއްނަތާ މިހާރު ދެ ހަފްތާ ވެއްޖެއެވެ. އޮކްޓޫބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު އިސްރޭލުންވަނީ ޣައްޒާ އެއްކޮށް ބަންދު ކޮށް ކާބޯތަކެތީން ޣައްޒާގެ މުސްލިމުން މަހްރޫމް ކޮށްފައެވެ.

ހަމްޒާ ޔޫސުފް ޣައްޒާޣެ ހާލަތު ސިފަ ކުރައްވައިފައި ވަނީ "ބިރުވެރި ހުވަފެނެއް" ގޮތުގައެވެ.

މިހާރު ބާކީ ހުރީ އެންމެ ހަފުޅި ބޯފެން ކަމަށާއި އަދި އެ ހަފުޅިން އެ ދެމަފިރިންގެ އިތުރަށް 100 މީހުން ފުއްދަންް ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން އަލަށް އުފަން ތުއްތު ކުއްޖެށް ވެސް ހިމެނެއެވެ. މިދިޔަ ހޮނިހިރު ދުވަހު މިސްރުން ވަނީ ވިހި ޓްރަކުގެ އެހީގެ ތަކެތި ޣައްޒާ އަށް ފޯރުކޮށްދީފައެވެ. މިއީ ދެ ހަފުތާތެރޭގައި ލިބުނު ފުރަތަމަ އެހީއެވެ. ކެންޕޭން ކުރާ މީހުން ބުނާގޮތުގައި 2.2 މިލިޔަން މީހުންނަށް ބޭނުންވާ ވަރާ ބަލާފަ މިއީ ފެންތިއްކެއްގެ މިންވަރެވެ.

އިސްރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާރު ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ ހަހާހާއި ގާތް ކޮށްފައެވެ.